އެމްއެންޔޫ އިން 2025 ވަނަ އަހަރުގެ ފެބްރުއަރީ އިންޓޭކަށް އެޕްލިކޭޝަން ބަލައިގަންނަން ފަށައިފި

އެމްއެންޔޫ އިން 2025 ވަނަ އަހަރުގެ ފެބްރުއަރީ އިންޓޭކަށް އެޕްލިކޭޝަން ބަލައިގަންނަން ފަށައިފި

Author
ހުސައިން
06 ނޮވެމްބަރ 2024 10:43
0

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން 2025 ވަނަ އަހަރުގެ ފެބްރުއަރީ އިންޓޭކަށް އެޕްލިކޭޝަން ބަލައިގަންނަން ފަށައިފިއެވެ. ޔުނިވަރސިޓީން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އިންޓޭކްގެ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ނިމޭނީ އަންނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ.

މި އިންޓޭކްގައި ހިމެނޭ މުހިއްމު ކޯސްތަކުގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ، މާސްޓަރ އޮފް ނާރސިންގ، ސެޓްފިކެޓް ލެވެލް އިން ނާރސިންގ އަދި ސެޓްފިކެޓް ތްރީ އިން ވެލްޑިންގ އެންޑް ޝީޓް މެޓަލް ފަދަ ކޯސްތައް ހިމެނެއެވެ. މީގެ އިތުރުންވެސް އެހެނިހެން ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ކޯސްތަކުގެ ތަފްސީލީ މަޢުލޫމާތު އެމްއެންޔޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ކޯސްތަކުގެ ޖާގައަށް އަންނަ ބަދަލުތައްވެސް ވެބްސައިޓް މެދުވެރިކޮށް އަޕްޑޭޓް ކުރަމުން ގެންދާނެކަމަށް ޔުނިވަރސިޓީން މަޢުލޫމާތު ދެއެވެ.

ކޯސްތަކަށް އެޕްލައި ކުރެވޭނީ އޮންލައިންކޮށް، ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޔޫގެ މެއިލް އެޑްރެހަށް މެއިލްކުރެއްވުމުގެ އިތުރުން 1445 ނަންބަރާ ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.