ވާދަވެރި ކެމްޕޭނަކަށްފަހު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ވާދަވެރި ކެމްޕޭނަކަށްފަހު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ވާދަވެރި ކެމްޕޭނަކަށްފަހު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މިފަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ އެގައުމުގެ ކުރީގެ ރައީސް، އަދި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްއާއި، އެމެރިކާގެ މިހާރުގެ ނައިބު ރައީސް، ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ކާމަލާ ހެރިސްއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ފަށާފައިވާއިރު، ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި، މި އިންތިޚާބުގައި ވާދަކުރާ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓުންވެސް ވާދަކުރަމުންދަނީ ވަރަށް ހަމަހަމައިގައެވެ.

އެމެރިކާގެ ރައީސްކަން ކާމިޔާބުކުރުމަށް ކެންޑިޑޭޓަކު 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެއެވެ. މި ވޯޓުތައް އެކި ސްޓޭޓުތަކަށް ކަނޑައަޅާފައިވަނީ އެ ސްޓޭޓެއްގެ އާބާދީގެ ނިސްބަތުން ކޮންގްރެސްގައި އެ ސްޓޭޓަކަށް ލިބޭ ތަމްސީލުގެ މައްޗަށް ބިނާކޮށެވެ.

މިސާލަކަށް، އާބާދީގައި ގާތްގަނޑަކަށް 1 މިލިއަން މީހުން ދިރިއުޅޭ އުތުރު ސަރަހައްދުގެ ކުޑަ ސްޓޭޓެއް ކަމުގައިވާ ޑެލަވެއަރއަށް ލިބެނީ އެންމެ 3 އިލެކްޓޯރަލް ވޯޓެވެ. އެމެރިކާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމުގައިވާ، 39 މިލިއަން މީހުން ދިރިއުޅޭ ކެލިފޯނިއާއަށް 54 އިލެކްޓޯރަލް ވޯޓު ލިބެއެވެ.

ގިނަ ސްޓޭޓުތަކުގައި، އެ ސްޓޭޓެއްގައި އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް އެ ސްޓޭޓެއްގެ ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބެއެވެ.

މި ނިޒާމުގެ ސަބަބުން، ކެންޑިޑޭޓަކަށް މުޅި ގައުމުގެ ޕޮޕިއުލަރ ވޯޓު ކާމިޔާބުކުރެވުނު ނަމަވެސް، އިލެކްޓޯރަލް ކޮލެޖުން ބަލިވުން އެކަށީގެންވެއެވެ. 2000 އަދި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީތާއް ނުކުމެވައި ވަނީ މި ގޮތަށެވެ.

އެމެރިކާގެ މީޑިއާތަކުން ހިސާބުކުރާ ގޮތުގައި މި އިންތިޚާބުގައި ހެރިސްއަށް ޑިމޮކްރެޓިކް ޕާޓީއަށް އާންމުކޮށް ވޯޓުދޭ ނުވަތަ އެ ޕާޓީއަށް ލެނބޭ ސްޓޭޓުތަކުން 226 އިލެކްޓޯރަލް ވޯޓު ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ޓްރަމްޕަށް 219 އިލެކްޓޯރަލް ވޯޓު ލިބޭނެ ކަމަށް ބެލެވެއެވެ.

އެހެންކަމުން، ހެރިސްއަށް 270 ވޯޓަށް ވާސިލުވުމަށް އިތުރު 44 ވޯޓު ބޭނުންވާއިރު، ޓްރަމްޕަށް އިތުރު 51 ވޯޓު ބޭނުންވެއެވެ. ހޮވޭނެ ކެންޑިޑޭޓަކާމެދު އަދި ކަނޑައެޅިގެން ނުދާ "ސްވިންގް ސްޓޭޓްސް" 7 ސްޓޭޓުގައި ޖުމްލަ 93 އިލެކްޓޯރަލް ވޯޓު އެބަހުއްޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *