މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ ލަނޑެއް ނުޖެހި 0-0 އެއްވަރުވުމުން އޭނާގެ ޓީމުން ކުޅުނީ ގޭމްޕްލޭނާ އެއްގޮތަކަށް ނޫން ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ.
ނިޒާމް ބުނީ މެޗުގައި ކުޅުނީ ބޮޑަށް އިދިކޮޅު ޓީމުން ކުޅޭ ގޮތަށް ސަމާލުވެގެން ކުޅުނީ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ އެގާރައިގައި ކޯނޭ އަދި ހިމަނާފައިނުވަނީ މާޒިޔާ އިން ހެދީ ދިގު ޕްރީ ސީޒަނަކަށްވެފައި ކޯނޭ ބައިވެރިވީ ވަރަށް ފަހުން ކަމަށެވެ. އެކަމަކު މިހާރު މަޑުމަޑުން ފުރުސަތު ދެމުން އަންނަ ކަމަށާއި ކޯނޭ ވެސް ރަނގަޅު ކުޅުމެއް ދައްކާނަމަ އޭނާ ޓީމުގައި ބޭނުންކުރާނެ ކަމަށް ނިޒާމްބެ ބުނެފައިވެއެވެ.
ހަގީގަތުގައި މާޒިޔާ ކުޅުންތެރިންނަށް އަމިއްލަ އަށް ނެގުނު އެއްޗެއް އެއީ ޑިފެންސިވް ވެގެން ކުޅުން. އެންމެ އެކަށީގެންވާ ގޮތަށް ނުކުޅޭ. އެއްގޮތަކަށް ވެސް އެ ގޮތަށް ކުޅޭކަށެއް ނޫން ނުކުތީ. ނިޒާމްބެ ބުނެފައިވެއެވެ.
މި ނަތީޖާއާ އެކު ލީގުގެ ކޮންމެ ޓީމެއް ތިން މެޗު ކުޅުނުއިރު މާޒިޔާ އާއި ވެލެންސިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ