މަރކް ފައުންޑޭޝަންގެ ލުމިނަރީ ކޮންފަރެންސް ހުޅުމުވުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވައިފި

މަރކް ފައުންޑޭޝަންގެ ލުމިނަރީ ކޮންފަރެންސް ހުޅުމުވުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވައިފި

Author
ހުސައިން
30 އޮކްޓޯބަރ 2024 08:00
0

މަރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސް ހުޅުމުވުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަހަރުގެ ކޮންފަރެންސް ރާވައި އިންތިޒާމުކޮށްފައިވަނީ ޓެންޒެނިޔާގެ ރައީސާ ޑޮކްޓަރ ސަމިއާ ސުލުހޫ ހަސަންގެ ބެއްލެވުމުގެ ދަށުން، ޓެންޒެނިޔާގެ ސަރުކާރުންނެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގައި" ތަޤްރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މަރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީގެ ބައްދަލުވުމުގައި އިންޓަރވެންޝަނެއް ހުށަހެޅުއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.