ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނީ ޚިދުމަތްތައް ރައްޔިތުންގެ އަތްފޯރާފަށަށް ގެނެސްދެވިގެން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީނު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީނު ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި ގާނޫނީ ނިޒާމެއް ނުވަތަ އިދާރީ އޮނިގަނޑަކަށް ކިޔާ ނަމެއް ނޫންކަމުގައެވެ. އަދި މި ނިޒާމުގެ މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ޚިދުމަތްތައް ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވިގެން ކަމުގައެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަކީ މިހާރުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލްތަކަށް ގިނަގުނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެއްވައި، ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ޚާއްސަ މުވައްސަސާއެއްވެސް އުފައްދާފައެވެ.
ކޮމެންޓު ފޮނުވާ