އެސްޓީއޯއިން ތެޔޮ ރައްކާކުރާ ފުނަދޫ - ފޮޓޯ: އެސްޓީއޯ

ފުނަދޫގައި ހުރި ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރަނީ

ފުނަދޫގައި ހުރި ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރަނީ

ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިން ސަރުކާރުން ނިންމާފައި އޮތީ މި ނިޒާމު މާގިރިފަޅަށް ބަދަލުކުރުމަށެވެ. ނަމަވެސް، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު، މާގިރިފަޅަކީ އެކަމަށް އެންމެ އެކަށޭނަ ތަނެއް ނޫންކަން ފާހަގަވުމާ ގުޅިގެން، އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ޝިމާދު އިބްރާހިމް ވިދާޅުވެފައިވަނީ ތިލަފުއްޓަށް މި ނިޒާމު ބަދަލުކުރުމުގެ މަސައްކަތަށް ޑެންމާކުގެ ކޮންސަލްޓެންޓެއް ވަނީ ހަމަޖައްސާފައި ކަމަށެވެ. އަދި އެ ނިޒާމު ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމައިފިނަމަ، ތިން މަސްދުވަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ފެށުމުގެ އަސްލު މަޤްޞަދަކީ، ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރަކަށް ބަދަލުކުރުމުގެ ސަރުކާރުގެ ތަޞައްވުރު ހާސިލުކުރުމެވެ. މިއާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގައި ހިމެނެނީ ފުނަދޫއާއި މާލެ، އަދި ފުނަދޫއާއި ހުޅުލެ ބްރިޖަކުން ގުޅާލައި، މޮނޮރެއިލް ނިޒާމެއް ޤާއިމުކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *