އުތުރާއި މެދު ރާއްޖޭގެ ސަރަހައްދުތަކަށް މިއަދު ވިއްސާރަ ކުރާނެ

އުތުރާއި މެދު ރާއްޖޭގެ ސަރަހައްދުތަކަށް މިއަދު ވިއްސާރަ ކުރާނެ

Author
ހުސައިން
25 އޮކްޓޯބަރ 2024 09:29
0

އުތުރާއި މެދު ރާއްޖޭގެ ސަރަހައްދުތަކަށް މިއަދު ވިއްސާރަވެ، ގުގުރާނެކަމަށް މެޓް އޮފީހުން ލަފާ ކޮށްފިއެވެ. ނަމަވެސް ދެކުނު ސަރަހައްދުގެ އަތޮޅުތަކުގައި މޫސުން އާންމުކޮށް ރަނގަޅުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އަދި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނުގައި ވައިގަދަވެދާނެ ކަމަށް މެޓް އިން ބުނެފައި ވެއެވެ.

މީގެ އިތުރުން ކަނޑު އާދައިގެ މިންވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށްވެސް މެޓް އިން ލަފާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.