ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އަނެއްކާވެސް ފުލުހުން އިލްތިމާސް ކޮށްފި

ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އަނެއްކާވެސް ފުލުހުން އިލްތިމާސް ކޮށްފި

Author
ހުސައިން
24 އޮކްޓޯބަރ 2024 07:37
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހިންގާ ސްކޭމް މިހާރުވެސް ހުއްޓިފައިނުވާތީ އާންމުން ސަމާލުވުމަށް ފުލުހުން އަލުން އިލްތިމާސްކޮށްފިއެވެ.

މި މަހުގެ މެދުތެރޭގައި ފުލުހުންގެ ފަރާތުން މިފަދަ ފިޝިންގ ލިންކްތަކަށް ސަމާލުވުމަށް އެންމެ ފުރަތަމަ އިލްތިމާސްކުރި ނަމަވެސް، މިއަދު އެކްސްގައި ފުލުހުން ހާމަކުރި ގޮތުގައި ސައްހަނޫން މައުލޫމާތު އެކުލެވޭ މެސެޖުތަކާއި ފިޝިންގ ލިންކްތައް އަދިވެސް ދަނީ ދައުރުވަމުންނެވެ.

"ސަމާލުވެލައްވާ! މިފަދަ ލިންކުތަކަށް ނުފިއްތަވާ!" މިހެން ފުލުހުން އެކްސްގައި އިންޒާރުދީފައިވެއެވެ. މީގެ ކުރިން މިދިޔަ އޮގަސްޓު މަހުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެޕްލައި ކުރެވޭނެ ކަމަށް ބުނެ ފޮނުވަމުންދިޔަ ސްކޭމް ލިންކްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

ފްލެޓާއި އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މިފަދަ ސްކޭމްތައް އިތުރުވަމުންދާތީ، އެކި އިދާރާތަކުން މީގެ ކުރިންވެސް ރައްޔިތުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.