ކޭޝް ކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހައްޔަރު ކޮށްފި

ކޭޝް ކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
24 އޮކްޓޯބަރ 2024 12:07
0

އިއްޔެ ރޭ 8:13 ހާއިރު ގއ. ވިލިނގިލީގެ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑު ބޭނުންކޮށްގެން މާމެންދޫ ބީއެމްއެލް އޭޓީއެމްއިން ފައިސާ ވަގަށް ނެގުމުގެ މައްސަލައެއްގައި ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، މާމެންދޫއިން ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ދެ މީހަކު ކަނޑުމަތިން ހައްޔަރުކޮށްފިވެއެވެ.

ހައްޔަރުކުރެވުނު ދެ މީހުންނަކީ ގއ. ވިލިނގިލި، ލައިފް އުމުރުން 22 އަހަރުގެ މުހައްމަދު ޝައިން ޝަމީޒް އަދި ލ.ގަން، ދުނޑި ނޯތު ހެވަން އުމުރުން 24 އަހަރުގެ ހަމްދޫން ހަލީލްއެވެ.

އެ ދެމީހުން ދަތުރުކުރި ލޯންޗު ބަލައި ފާސްކުރުމުން، ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.