ސްކޭމް މައްސަލައެއްގައި ދެމީހަކު ހޯދަން އިއުލާން ކޮށްފި

ސްކޭމް މައްސަލައެއްގައި ދެމީހަކު ހޯދަން އިއުލާން ކޮށްފި

Author
ހުސައިން
23 އޮކްޓޯބަރ 2024 11:16
0

ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އާންމުކޮށް އިއުލާންކޮށްފިއެވެ.

އެގޮތުން ހޯދަމުންދަނީ މ. މުލަކު ގަނދަކޯޅިމާގޭ އަހްމަދު ރާއިފް (25 އަހަރު) އާއި މާލޭ ގ. ރަންނާޅިގޭ އިސްމާއީލް ޝައިމަން (28 އަހަރު) އެވެ. ފުލުހުން މި ދެމީހުން ހޯދަނީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުނުކުރެވިގެންނެވެ.

ފުލުހުން އިއުލާންކޮށްފައިވާ ގޮތުގައި، މި ދެމީހުން މި މަހުގެ 31 ވަނަ ދުވަހުގެ 14:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސާޖަންޓް އާދަމް ހަލީމްއަށް ރިޕޯޓުކުރުމަށް އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.