ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ ތީމަކީ "ލެޓްސް ސީ އަވާ ފިއުޗާސް — ޕްރޮމޯޓިން ބްލޫ ޕާޓްނާޝިޕް ފޯ ގްރޯތް އެންޑް ސަސްޓެއިނަބިލިޓީ" އެވެ. ޗައިނާގެ ޝަންޑޮންގް ޕްރޮވިންޝަލް ޕީޕަލްސް ސަރުކާރާއި ނެޗުރަލް ރިސޯސަސް މިނިސްޓްރީން ގުޅިގެން ކޮންމެ އަހަރަކު މި ފޯރަމް އިންތިޒާމުކުރެއެވެ.
މަޖިލީހުން ހާމަކުރި ގޮތުގައި، ނައިބު ރައީސް ނާޒިމްގެ މި ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އިތުރުން އެހެން ބައެއް މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ