ފަޅުރަށް ހޯދުމަށް ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަން ފަށައިފި

ފަޅުރަށް ހޯދުމަށް ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަން ފަށައިފި

Author
ހުސައިން
21 އޮކްޓޯބަރ 2024 08:50
0

ރާއްޖޭގެ އެކި ކައުންސިލްތަކުން ފަޅުރަށް ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތަށް ފަޅުރަށްތައް ލިބޭނެ ގޮތް ހަދައިދެއްވުމަށް ވަޢުދުވެވަޑައިގެންފައި ކަމަށެވެ.

މި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން ޚާއްޞަކޮށް މިކަމަށް އައްޔަންކޮށްފައިވާ ކޮމިޓީއަކުން ކަމަށާއި، މި މަސައްކަތް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މިހާތަނަށް އިވެލުއޭޓްކޮށް ނިމިފައިވަނީ 4 ޕްރޮޕޯސަލް ކަމަށާއި، ފަޅުރަށް ހޯދުމަށް އެދުނު 4 ކައުންސިލަށް އަންނަ މަހުގެ ކުރީކޮޅު އެ ރަށްތައް ލިބޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި މަސައްކަތަކީ ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތަށް ފަޅުރަށްތައް ބޭނުންކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.