ފަޅު ރަށެއްގައި ފޮރުވާފައިހުރި، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ފަޅު ރަށެއްގައި ފޮރުވާފައިހުރި، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

Author
ހުސައިން
21 އޮކްޓޯބަރ 2024 02:00
0

ފުލުހުންގެ ނާކޮޓިކް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ގއ. އަތޮޅުގެ ފަޅު ރަށެއްގައި އޮޕަރޭޝަނެއް ހިންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ނަން ހާމަނުކުރާ ފަޅު ރަށެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 163 ގްރާމެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.