މެދު ރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ފިރިހެން މުދައްރިސަކު ދަރިވަރުންނަށް އެކުދިންގެ އުމުރާ ނުގުޅޭ ވާހަކަތައް ދައްކައި ގްރޫމްކުރި މައްސަލައެއް ބެލުމަށް ތަހުގީގު ފަށާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ގްރޫމްކުރި ކުދިންނަކީ ފިރިހެން ނުވަތަ އަންހެން ދަރިވަރުންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުޑަކުދިންނާބެހޭ ޤާނޫނުގެ ދަށުން ގްރޫމްކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ. މި މައްސަލަ ތަހުގީގުކުރަމުންދާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ