ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް އެމްޑަބްލިޔުއެސްސީން އެހީތެރިކަން ފޯރުކޮށް ދެނީ

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް އެމްޑަބްލިޔުއެސްސީން އެހީތެރިކަން ފޯރުކޮށް ދެނީ

Author
ހުސައިން
20 އޮކްޓޯބަރ 2024 09:03
0

ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހުމުނާމާއެއްގައި އެމްޑަބްލިޔުއެސްސީ އާއި އީ.ޕީ.އޭ އާ ދެމެދު ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، އެމްޑަބްލިޔުއެސްސީން އާރުވީ ތިމާވެށި އުޅަނދުގައި ފެން ޕްލާންޓެއް ބަހައްޓައި، ސާރވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދޭނެއެވެ. އަދި މީގެ އިތުރުން، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މަޝްރޫއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމްތައްވެސް ހަމަޖައްސައިދޭނެއެވެ.

1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަކީ މާލެ އަތޮޅުގެ ތިމާވެށީގެ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެވެ. ނަމަވެސް 2021 ގައި ބާޖެއް އެރުމުގެ ސަބަބުން 2،800 އަކަ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހަލާކުވެފައެވެ.

މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ރައްކައުތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެމްޑަބްލިޔުއެސްސީން އެއްބާރުލުން ދިނުމުގެގޮތުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. އެމްޑަބްލިޔުއެސްސީއަކީ މިފަދަ ތިމާވެށި ހިމާޔަތްކުރުމުގެ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުންދޭ ކުންފުންޏެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.