އެމްއޭސީއެލްގައި ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި

އެމްއޭސީއެލްގައި ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި

ގުޅުންހުރި

އެމްއޭސީއެލް އިން "އެމްއޭސީއެލް ކެރިއާ 2024″ ގެ ނަމުގައި އަލަށް ފެށި ޕްރޮގްރާމް މިއަދު ގާޒީ ސްކޫލުގައި ފަށައިފިއެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ އޭވިއޭޝަން އަދި އެއަރޕޯޓް އޮޕަރޭޝަންސްގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މުވައްޒަފުންގެ ނިސްބަތުން އެމްއޭސީއެލްއަކީ އެންމެ ބޮޑު ކުންފުނި ކަމަށެވެ. އެހެންކަމުން، ކުންފުނީގެ ހުރިހާ ދާއިރާއެއްގައި ހުރި ފުރުޞަތުތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އަދި އެންމެ ބޭނުންވެވަޑައިގަންނަވާ ކަމަކީ ކުންފުނީގެ ހުރިހާ މަޤާމެއްގައި ދިވެހިން ތިބުން ކަމަށް ވިދާޅުވިއެވެ. މިހާރުވެސް އެމްއޭސީއެލްގެ މުވައްޒަފުންގެ 90 އިންސައްތައަށްވުރެ ގިނައީ ދިވެހިންކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އެމްއޭސީއެލް ފަދަ ބޮޑު ކުންފުންޏެއްގައި ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ސްކޫލު ނިންމާ ދަރިވަރުންނަށް ލިބިފައި އޮތުމަކީ އިޖުތިމާޢީ ގޮތުން މުހިންމު ކަމެއް ކަމަށެވެ. އަދި އަވަހަށް އިންޓަރންޝިޕްގެ ފުރުޞަތު ހުޅުވާލާނެ ކަމަށާއި، އިންޓަރންޝިޕް ފުރިހަމަކުރާ ގިނަ ދަރިވަރުންނަށް ދާއިމީ ވަޒީފާގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގާޒީ ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ސްކޫލުތަކުގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ