ހަންކެޑެ ހިންގަން ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި

ހަންކެޑެ ހިންގަން ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި

Author
އަހުމަދު
02 އޮކްޓޯބަރ 2024 07:10
0

ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ތަރައްގީކުރާ ހޮޓާތައް މެނޭޖުކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ފަންޑު މެނޭޖުމެންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހަންކެޑެގައި ތަރައްގީ ކުރާ ހޮޓާތައް ހިންގުން ހަވާލުކުރީ ޓައިމްސް ހޮޓެލްސް އާއި ކޮންޑުއިޓް ހައުސް އާއެކު ކަމަށެވެ.

ހަންކެޑެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އިތުރުން، އައްޑޫގެ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަނުން ބުނެއެވެ.

ހަންކެޑެ ތަރައްގީ ކުރަން ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންނެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގައެވެ.

ހަންކެޑެ ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެއެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.