"ރަސޯޑޭ މޭ ކޯން ތާ" އަށް ނިމުމެއް ނެތް!

"ރަސޯޑޭ މޭ ކޯން ތާ" އަށް ނިމުމެއް ނެތް!

Author
ފާތިމަތު ނާވީ
25 ޑިސެމްބަރ 2020 09:15
0

ޓީވީ އެކްޓުރެސް ދެވޮލީނާ ބައްޓަޗަރްޖީ އަދި ރުޕަލް ޕަޓޭލް އެންމެންގެ ތެރޭގައި މަޝްހޫރު ވެގެން ދިޔައީ ޓީވީ ޑުރާމާ "ސާތުނިބާނާ ސާތިޔާ" އިން ކޮކިލާ ބެން އަދި ގޯޕީ ބައޫ ގެ ރޯލުންނެވެ. އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ހާއްސަ އިވެންޓެއްގައި މި ދެ ތަރިންގެ މަޝްހޫރު ސީން ކަމަށްވާ "ރަސޯޑޭ މޭ ކޯން ތާ" އަލުން ކުޅުމަށް ދަނީ ތައްޔާރުވަމުންނެވެ. "ސާތުނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަންއެއްވެސް މިހާރު ވަނީ ފަށާފައެވެ.

ސްޓާ ޕްލަސް އިން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ ރުޕަލް ޕަޓޭލް ކޮކިލާ ގެ ގޮތުގައި އައިސް "ކޯން ތާ(ކާކު ހޭ)އަހާ މަންޒަރެވެ. އެއަށްފަހު ދެވޮލީނާ އައިސް ރުޕަލް ޕަޓޭލްއާއި ބައިވެރި ވާތަންފެނެއެވެ.

ރަސޯޑޭ މޭ ކޯން ތާ" އަކީ "ސާތުނިބާނާ ސާތިޔާ"ގެ ޑައިލޮގެކެވެ. އަދި މި ޑައިލޮގު މަޝްހޫރުވެގެން ދިޔައީ މިއަހަރުގެ ކުރީކޮޅު، ޔޫޓިއުބާ ޔަޝްރާޖް މުކާޓޭ އެޑައިލޮގު ރެޕަކަށް ބަދަލުކުރުމުންނެވެ. އަދި ޔޫޓިއުބަށް މި ވީޑިއޯ ލުމާއެކު ވައިރަލްވެގެންގޮސްފައިވެއެވެ. މި ރެޕާ ބެހޭގޮތުން ވާހަކަދައްކަމުން ރުޕަލް ބުނެފައިވަނީ ކޮންމެތާކަށް ދިޔަޔަސް މީހުންނަށް އޭނާ އެނގެނީ ކޮކިލާގެ ގޮތަށް ކަމަށާއި އެ ވީޑިއޯއާއި ބެހޭގޮތުން އޭނާއަށް އެނގުނީ އޭނާގެ ފަހަރި އެ ވީޑިއޯ ޝެއާކުރުމުންކަމަށެވެ. އަދި އޭނާގެ ރަހުމަތްތެރިންނާއި ދަރިފުޅު ވެސް އޭނަކައިރީގައި މި ވީޑިއޯ މަޝްހޫރުވިވާހަކަ ބުނިކަމަށްވެސް ބުންޏެވެ.

މި ވީޑިއޯއަށް އެތަށްބައެއްގެ ސަމާލުކަން ލިބުމުން ޔަޝްރާޖް ބުނެފައިވަނީ އެންމެ އުފާވީ ރުޕަލް ޕަޓޭލް ގުޅާފައި އެ ވީޑިއޯ ކަމުދިޔަ ކަމަށް ބުނުމުންކަމަށެވެ. އަދި އެ ދިހަ މިނެޓުގެ ވާހަކަ ދައްކާލުމުން މުޅި ދުވަސްވެސް ދިޔައީ ވަރަށް ފުރިހަމަކޮށްކަމަށެވެ.

އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހާއްސަ އިވެންޓް ސްޓާ ޕުލަސް އަދި ޑިސްނީ ޕުލަސް ހޮޓް ސްޓާ އިން ޑިސެމްބަރ 27 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.