ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެކަމަށް ލަފާކޮށް، ބޮޑު ބަޔަކަށް ރީނދޫ އެލާރޓް ނެރެފި

ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެކަމަށް ލަފާކޮށް، ބޮޑު ބަޔަކަށް ރީނދޫ އެލާރޓް ނެރެފި

Author
ޙަސަން މުޙައްމަދު
17 އޮގަސްޓް 2024 10:40
0

މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުމީ އިންޒާރު ނެރެފިއެވެ. މި ގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު އަދި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު މިއަދު ވަނީ ނެރެފައެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 8:00 އިން މެންދުރު 13:00 އަށެވެ. މި ސަރަހައްދުތަކުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި 25-30 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުގައި ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުން ޚާއްސަ ސަމާލުކަމެއް ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މޫސުމީ ހާލަތު ގޯސްވަމުންދާތީ، މެޓް އޮފީހުން ދަނީ މޫސުމާ ގުޅޭ އެލަރޓްތައް މެދުނުކެނޑި ނެރެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.