ދައުލަތުގެ ޚަރަދާއި ދަރަނީގެ މަޢުލޫމާތު ހޯދުމަށް ބާއްވާ ކޮމިޓީ ސިއްރުކުރަން ނިންމައިފި

ދައުލަތުގެ ޚަރަދާއި ދަރަނީގެ މަޢުލޫމާތު ހޯދުމަށް ބާއްވާ ކޮމިޓީ ސިއްރުކުރަން ނިންމައިފި

Author
ޙަސަން މުޙައްމަދު
06 އޮގަސްޓް 2024 06:25
0

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ، ދައުލަތުގެ ޚަރަދާއި ދަރަނީގެ ކަންކަން މަޝްވަރާކުރާ ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކުރުމަށެވެ. މި ނިންމުން ނިންމާފައިވަނީ މާލީ ވުޒާރާގެ އެދުމުގެ މަތިންނެވެ.

މާލިއްޔަތު ކޮމިޓީގެ މުޤައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވި ގޮތުގައި، މާލީ ވުޒާރާއިން ތިން ލިޔުމެއް ކޮމިޓީއަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ސިއްރުކުރަން އެދިފައިވަނީ 2024-2026 އަށް މެދު ރާސްތާ ފިސްކަލް ސްޓްރެޓަޖީ އާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ ބަޔާންތަކެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު އެ ދެ ބަޔާން ސިއްރުކުރުމަށް ހުށަހެޅުއްވި ހުށަހެޅުމަށް، ކޮމިޓީގެ ނައިބު މުޤައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާއީދުކުރެއްވިއެވެ. ކޮމިޓީގައި ތިބި 8 މެންބަރުންގެ ތެރެއިން، ދެވަނަ ފަހަރަށް ވޯޓަށް އެހުމުން 5 މެންބަރުންގެ ތާއީދާއެކު މި ނިންމުން ފާސްކުރިއެވެ.

މީގެ ކުރިން، 2018 އިން ފެށިގެން މި ބަޔާންތައް މާލީ ވުޒާރާގެ ވެބްސައިޓުގައި ޢާންމުކޮށް ޝާއިޢުކުރަމުން އައިސްފައިވެއެވެ. ނަމަވެސް މިފަހަރު އެ ބަޔާންތައް ސިއްރުކުރުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.