އިންތިޚާބާބޭހޭ މަރުކަޒު ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި

އިންތިޚާބާބޭހޭ މަރުކަޒު ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި

Author
އަހުމަދު
18 މާރޗް 2026 11:51
0

އިންތިޚާބާބޭހޭ މަރުކަޒު (ބާޖަމާލުއްދީން) އާ އިންވެގެން ހުރި ގުދަނެއްގައި އަލިފާން ރޯވުމާ ގުޅިގެން، ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އީސީން މައުލޫމާތު ދޭގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކުރީގެ ޑްރަގް ކޯޓާ ޖެހިގެން މ. ކައިރުގޭގައި ހުންނަ ޕްރައިމްގެ އެއް ނަމްބަރު ގުދަނުގައެވެ. މިތަނަކީ އިންތިޚާބާބޭހޭ މަރުކަޒާ ވަރަށް ކައިރީގައި ހުރި ތަނަކަށް ވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުން ވަނީ ހުއްޓާލާފައެވެ.

އަލިފާނުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި، އިންތިޚާބާބޭހޭ މަރުކަޒުގައި ހުރި މުހިންމު ތަކެތި ރައްކާތެރި ކުރުމުގެ ގޮތުން ކައިރީގައި ހުރި ތޮއިބާ މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ކޮމިޝަނުގެ މުވައްޒަފުން މިހާރު އަންނަނީ ކުރަމުންނެވެ. ކަމާބެހޭ ފަރާތްތަކުން އަލިފާން ނިއްވުމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ހަރަކާތްތެރިވަމުން އަންނައިރު، ވޯޓާސް ލިސްޓުގައި ސޮއިކުރުން އަލުން ފަށާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.