ޖާވިދުގެ އެކްސް އެކައުންޓް ހެކްކޮށްފި

ޖާވިދުގެ އެކްސް އެކައުންޓް ހެކްކޮށްފި

Author
ފާތިމަތު ނާވީ
31 ޖުލައި 2024 11:45
0

ޅެން ހެދުމަށް މަޝްހޫރު ބޮލީވުޑްގެ ޅެންވެރިއާ ޖާވެދް އަހަތްރުގެ އެކްސް އެކައުންޓް ހެކް ކޮށްފިއެވެ.

ޖާވެދް އަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ފަރްހާން އަހްތަރު އާއި ޑައިރެކްޓަރު ޒޯޔާ އަހުތަރު ގެ ބައްޕައެވެ. މި އާއިލާ އަކީ ބޮލީވުޑްގައި ވަރަށް ނުފޫޒު ގަދަ އާއިލާއެކެވެ.

އެ ހާދިސާއަށްފަހު ހަމަ އެ އެކައުންޓް މެދުވެރިކޮށް ޖާވިދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އެކްސް އައިޑީ ހެކް ކުރެވިފައިވާ ކަމަށާއި އެންމެ ފަހުން ކުރެވުނު ޓްވީޓަކީ އޭނާ ކުރި ޓްވީޓެއް ނޫން ކަމަށެވެ.

ޖާވިދް އަކީ 2000ގެ އަހަރުތަކުގައި ނުކުތް ގިނަ ބޮލީވުޑް ލަވަތަކެއްގެ ޅެން ހަދައިދީފައިވާ އަދި ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ކާމިޔާބު ޅެންވެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.