ފަރާގެ މަންމަ މަރުވެއްޖެ

ފަރާގެ މަންމަ މަރުވެއްޖެ

Author
ފާތިމަތު ނާވީ
27 ޖުލައި 2024 06:21
0

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ހާން ގެ މަންމަ މެނަކާ އިރާނީ މަރުވެއްޖެ އެވެ.

މެނަކާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މީޑީއާއިން ވަނީ ބުނެފައިއެވެ. އޭނާ މަރުވީ ބަލިވެ އުޅޭތާ ގިނަދުވަސްތަކެއް ފަހުން ކަމަށް ވެސް ހަބަރުތަށް ވަނީ ބުނެފައިއެވެ.

79 އަހަރުގައި މެނަކާ މަރުވި އިރުގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އޭނާ ވަނީ 79 ވަނަ އުފަންދުވަސް ފާހަގަ ކޮށްފައިއެވެ. ފަރާވެސް ވަނީ އޭނާގެ މަންމަ އަށް ތަހުނިޔާ ކިޔައި ޕޯސްޓެއް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Sajid Khan (@aslisajidkhan)

މެނަކާ އަކީ ފަރަހަގެ އިތުރުން ޑައިރެކްޓަރު ސާޖިދު ހާން ގެ ވެސް މަންމަ އެވެ. މެނަކާ މަރުވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.