ކުރީގެ ލޯބިވެރިއާ އާއި އެކުގައި ފޮޓޯ ހިއްސާ ކުރަމުން ސުޝްމީތާ ބުނަނީ ސިންގަލް ކޮށް ހުންނަތާ 3 އަހަރު ކަމަށް

ކުރީގެ ލޯބިވެރިއާ އާއި އެކުގައި ފޮޓޯ ހިއްސާ ކުރަމުން ސުޝްމީތާ ބުނަނީ ސިންގަލް ކޮށް ހުންނަތާ 3 އަހަރު ކަމަށް

މިހާރު ސިންގަލް ކޮށް ހުންނަތާ 3 އަހަރު ވެފައިވާ ކަމަށް ބުނެ ކުރީގެ ލޯބިވެރިއާ ރޮހްމާން ޝޯލް އާއި އެކުގައި ހުރި ފޮޓޯއެއް ބަތަލާ ސުޝްމީތާ ސެން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފިއެވެ.

މި ފޮޓޯ އަކީ އެދެމީހުން ވަރަށް ގައިގޯލި ކޮން ނަގައިފައިވާ ފޮޓޯއެކެވެ. 48 އަހަރުގެ ބަތަލާ އާއި 30 އަހަރުގެ ޒުވާން ރޮހްމާން ޝޯލް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާއިން ބުނެފައިވަނީ 2018 ވަނަ އަހަރުގައިއެވެ. ނަމަވެސް މި ގުޅުމަށް އެދެމީހުން އެއްބަސް ވެފައިއެއް ނުވެއެވެ. އަދި އެކަމަށް އިންކާރު ކޮށްފައިއެއް ވެސް ނުމެވެއެވެ.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

ނަމަވެސް 2018 އަހަރު ފެށިގެން އެދެމީހުން އުޅެމުން އައީ އެއްކޮންނެވެ. ސުޝްމީތާ އާއި އެކުގައި އަބަދުވެސް ރޮހްމާން ހުންނަތަށް ފެނެއެވެ. އަދި ސުޝްމީތާ ބައިވެރިވާ ހުރިހާ ކަމެއްގައި އޭނާ ބައިވެރިވާތަންވެސް ފެނިގެންދެއެވެ. އެމީހުންގެ ގުޅުން ނިމުމަކަށް އައީ 2021 ގައިއެވެ.

އެފަހުން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ވިޔަފާރީ ވެރިއެއް ކަމުގައިވާ ލަލިތް މޯދީ ވަނީ ސުޝްމީތާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައިއެވެ. އޭރުގައި ސުޝްމީތާ ހިއްސާ ކުރި ޕޯސްޓް ތަކުން އެނގޭ ގޮތުގައި އެމީހުން ލޯބިވެރިންކަން އިއުލާން ކުރީ ރާއްޖޭގައި ޗުއްްޓީ ހޭދަކުރުމުގެ ތެރޭގައިއެވެ.

އެފަހުން ލަލިތް އާއި އެކުގައި ސުޝްމީތާ ވަނީ ފެނިގެން ގޮސްފައިއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ އެގުޅުން ވަނީ ނިމުމަކަށް އައިސްފައިއެވެ. 2023 ވަނަ އަހަރުގައި ލަލިތް ވަނީ އެކަން ކަށަވަރުވެސް ކޮށްދީފައިއެވެ.

ލަލިތް އާއި ސުޝްމީތާގެ ގުޅުން ނިމުނުތާ މާގިނަ ދުވަހެއް ނުވެ އަނެއްކައިވެސް ސުޝްމީތާ ފެންނަމުން ދިއައީ ރޮހްމާން އާއި އެކުގައިއެވެ. އެއާއި އެކުގައި މީޑީއާއިން ވަނީ ސުޝްމީތާ އެނބުރި ކުރީގެ ލޯބިވެރިއާ ގާތަށް ދިއަކަން އިއުލާން ކޮށްފައިއެވެ. މިފަހަރުވެސް އެދެމީހުންކުރެ އެކަކުވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައާއި މެދުގައި އެއްޗެއް ބުނެފައިއެއް ނުވެއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *