މާޔޫސްވާންނީ ސަބަބެއް ނެތް، ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް: ފައްޔާޒު

މާޔޫސްވާންނީ ސަބަބެއް ނެތް، ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް: ފައްޔާޒު

އިއްޔެ ބޭއްވުނު ކައުންސިލް ބައި އިލެކްޝަންތަކުން އެމްޑީޕީއަށް ކުރިމަތިވި ނކާމިޔާބީއަކީ މާޔޫސްވާންވީ ސަބަބެެއް ނޫންކަމަށާއި، ކުރިޔަށް އޮތީ އެޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިޔަށްދިޔަ މާލެއާއި އިތުރު ތިން ރަށެއްގެ ކައުންސިލްގެ ހުސްވެފައިވާ މެމްބަރުކަމަށް އިންތިޚާބު ކުރުމަށްޓަކައި ބޭއްވި ބައި-އިލެކްޝަންގަކުގައި އިދިކޮޅު އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. 6 ބައި އިލެކްޝަނެއްގެ ވޯޓުލުން ބޭއްވުނުއިރު 5 ބައި އިލެކްޝަނެއް ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއް ބައި އިލެކްޝަން ކާމިޔާބު ކުރީ މިނިވަން ކެނޑިޑޭޓެވެ. އެއީ ރަސްމާދޫ ކައުންސިލުން ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބޭއްވުނު ބައިއިލެކްޝަންއެވެ.

އިއްޔެގެ ބައި އިލެކްޝަންތަކުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހި ގިނަބަޔަކު އެ ޕާޓީގެ ލީޑަރޝިޕަށް ފާޑު ކިޔަމުންދަނިކޮށް ފައްޔާޒު ކުރެއްވު އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް ބައިއިލެކްޝަންތަކުގައި ވާދަކުރި މިޕާޓީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި، މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމުގައެވެ.

ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް.

ފައްޔާޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އިއްޔެ ކުރިޔަށްދިޔަ މާލެއާއި އިތުރު ތިން ރަށެއްގެ ކައުންސިލްގެ ހުސްވެފައިވާ މެމްބަރުކަމަށް އިންތިޚާބު ކުރުމަށްޓަކައި ބޭއްވި ބައި-އިލެކްޝަންގައި ވޯޓު ލާފައިވަނީ އެންމެ %27 މީހުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި އިންތިޚާބު ތަކުގައި ވޯޓު ލުމުގެ ހައްގު 13،112 މީހުންނަށް ލިބިފައިވާއިރު، މިއަދު މެންދުރާއިހަމަށްވެސް ވޯޓު ލާފައިވަނީ އެންމެ 1،480 މީހުންނެވެ. އެއީ 623 އަންހެނުންނާއި، 867 ފިރިހެނުންނެވެ.

އަދި ވޯޓުލުން ނިމުނުއިރު، ވޯޓު ލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެންމެ % 26.91 މީހުންނެވެ. އެއީ ޖުމްލަ 3528 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 1647 އަންހެނުންނާއި 1881 ފިރިހެނުންނެވެ.

މި ބައިއިލެކްޝަންތަކުގައި ވޯޓު ލުމުގެ ހައްގު 13112 މީހުންނަށް ލިބިފައި ވެއެވެ.އެއީ 6409 އަންހެނުންނާއި 6703 ފިރިހެނުންނެވެ.

މި ބައިއިލެކްޝަންތަކުގެ ތެެރެއިން، ކުޅުދުއްފުށި ސިޓީގެ އުތުރު ދާއިރާގެ ހުސްވެފައިވާ ކައުސިލްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުުރުމަށް އިއްޔެ އޮތް ބައި އިލެކްޝަން ގައި އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯދާ، ޕީއެންސީން ވާދަކުރި ކެނޑިޑޭޓް ވަނީ އިންތިޚާބު ކާމިޔާބު ކޮށްފައެވެ.

އިއްޔެ ކުރިޔަށްދިޔަ މާލޭ ސިޓީގެ ކައުންސިލްގެ ބައިއިލެކްޝްގެ 3 ގޮޑިވެސް ކާމިޔާބު ކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ބައި އިލެކްޝްންގައި ވާދަކުރީވެސް އެމްޑީޕީއާއި ޕީއެންސީން އެކަންޏެވެ. އިންތިހާބު ކާމިޔާބު ކުރި ޕީއެންސީގެ 3 ކެނޑިޑޭޓުންނަކީ؛

  •  ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު
  •  ފާތިމަތު އިޝާން އަލީ – މައްޗަންގޮޅި މެދު
  •  އަލީ އައިމަން – ހުޅުމާލެ

އިއްޔެ ހެނދުނު 8:00 އިން 4:00 އަށް ވޯޓުލުން ކުރިއަށްދިޔައީ މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން މަގާމަށް މެމްބަރުން އިންތިހާބު ކުރުމާއި، ހދ. ކުޅުދުއްފުށި ކައުންސިލް، ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ބިލެތްދޫ ކައުންސިލްގެ ރައީސްއަކު އިންތިހާބު ކުރުމަށެވެ.

މާލޭ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލައްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ސިޓީ ކައުންސިލްގެ އެ މަގާމުތައް ހުސްވެފައިވަނީ، އެ މަގާމުގައި ތިއްބެވި މެމްބަރުން މަޖިލިސް އިންތިހާބުގައި ވާދަކޮށް، ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *