ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި މަޖިލިސް މެމްބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާ ވަޑައިގެންފި އެވެ.
މައުލޫމާތު ލިބޭގޮތުގައި މަޖިލީހުގެ ވަފުދެއް ޗައިނާއަށް މިރޭ ފުރާވަޑައިގެންނެވީ އެގައުމުގައި ބާއްވާ 8ވަނަ ސައުތު އޭސިޔާ އެކްސްޕޯގައި ބައިވެރިވުމަށެވެ.
މި އެކްސްޕޯގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރާ ވަފުދުގައި ނައިބު ރައީސް ނާޒިމްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ވެރިކަން ކުރާ އަދި މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ 3 މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ އެއް މެމްބަރެވެ.
ވަފުދުގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން
- ވައިކަރަދޫ ދައިރާގެ މެމްބަރު ހުސެއިން ޒިޔާދު
- މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްދުالله ރިފާއު
- ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމްދީދީ
- މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު
8 ވަނަ ސައުތު އޭޝިއާ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންސުގައި ކުންމިންގ ގައެއެވެ. މި އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.
މަޖިލިހުގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފައިވާއިރު، ސަރުކާރުގެ 3 ވަޒީރަކުވެސް މިއަދުވަނީ ޗައިނާއަށް ފުރާވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ