ވިއްސާރަވާނެކަމަށް ލަފާކޮށް ހއ. އިން ހދ. އަށް ހުދު ސަމާލު ނެރެފި

ވިއްސާރަވާނެކަމަށް ލަފާކޮށް ހއ. އިން ހދ. އަށް ހުދު ސަމާލު ނެރެފި

Author
ހުސެއިން
13 ޖުލައި 2024 12:48
0

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ހއ އަތޮޅުން އދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ، ހުދު ސަމާލު ނެރެފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12:00ން އިރު އޮއްސި 18:00 އާ ހަމައަށް ކަމަށެވެ.

އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.