ރިތިކް އާއި ރައްޓެހިވި ފަހުން މަސައްކަތް ލިބުން މަދު: ސަބާ

ރިތިކް އާއި ރައްޓެހިވި ފަހުން މަސައްކަތް ލިބުން މަދު: ސަބާ

Author
ފާތިމަތު ނާވީ
08 ޖުލައި 2024 11:20
0

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން އާއި މިހާރު ރައްޓެހިވެގެން އުޅޭތީ ކުރިން މަސައްކަތް ލިބޭ ވަރަށް މިހާރު މަސައްކަތް ނުލިބޭ ކަމަށް ބުނެ ބަތަލާ ސަބާ އާޒާދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މީގެ ކުރިން ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފައިވާ ސަބާ އަކީ އެދާއިރާއިން އެއްވެސް ވަރަކަށް ކުރިއެރުން ލިބުނު ކުއްޖެއް ނޫނެވެ. އެހެން ކަމުން އޭނާ މިހާރު ފިލްމް ތަކުން ފެންނަލެއް ވަނީ ވަރަށް މަދު ވެފައިއެވެ.

ބަތަލާއްގެ ގޮތުގައި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނެތަސް އޭނަ އަކީ ވޮއިސް-އޯވާ އާޓިސްޓެއްގެ އިތުރުން މިއުޒިޝަނެއް ވެސް މެ އެވެ. އޭނާ އަންނަނީ ފެޝަނ ޝޯވ ތަކުގައި ވެސް ޕާފޯމް ކުރަމުންނެވެ.

މީގެ ތިން ވަރަކަށް އަހަރު ކުރިން މަހަކު މަދުވެގެން 10 ޕްރޮޖެކްޓް ތަކެއް ލިބޭ ނަމަވެސް ރިތިކް އާއި ލޯބީގެ ގޮތުން ގުޅުނު ފަހުން ކެރިއަރަށް މިފަދަ "ވެއްޓުމެއް" އައިކަން ފާހަގަވީ ކަމަށް އޭނާ ސޯޝަލް މީޑިއާގައި ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ސަބާ އާއި ރިތިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އިއުލާން ކޮށްފައިވަނީ 2019 ވަނަ އަހަރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.