"ބޭބީ ޖޯން" ޑިސެމްބަރުގައި

"ބޭބީ ޖޯން" ޑިސެމްބަރުގައި

Author
ފާތިމަތު ނާވީ
04 ޖުލައި 2024 10:52
0

ސައުތުގެ މަޝްހޫރު ޑައިރެކްޓަރު އެޓްލީ އާއި އެކުގައި ވަރުން ދަވަން ކުޅޭ ފުރަތަމަ ފިލްމް "ބޭބީ ޖޯން" މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ނިންމައިފި އެވެ.

ފިލްމުގެ އާ ޕޯސްޓަރެއް އާންމުކޮށް މިއަދު ބުނީ ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 25 ގައި ކަމަށެވެ. "ބޭބީ ޖޯން" ގެ ތާރީހަށް މި އައި ބަދަލާ އެކީ، މިހާރު އާމިރު ޚާންގެ "ސިތާރޭ ޒަމީން ޕަރް" އާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ޖެހޭނެ އެވެ.

މީޑިއާތަކުން ބުނަމުން އަންނަނީ ލީޑް ކާސްޓްގައި ވަރޫން އާއި ދެކުނުގެ ބަތަލާ ކީރްތީ ސުރޭޝް އާއި ވަމީގާ ގައްބީ އަދި ޖެކީ ޝްރޮފް، ރާޖްޕަލް ޔާދަވްގެ އިތުރުން ޝީބާ ޗައްޑާ ހިމެނެ އެެވެ.

 

View this post on Instagram

 

A post shared by @muradkhetani

"ބޭބީ ޖޯން" އަކީ އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ގުޅިގެން ހަދާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ދެކުނުގެ ޑައިރެކްޓަރު ކާލީސް އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ އެޓްލީ ޑައިރެކްޓްކޮށް 2016 ގައި ގެނެސްދިން "ތެރީ" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.