"އެރެއަށް ފަހު" ގެ ޓްރެއިލާ ދައްކައިލައިފި

"އެރެއަށް ފަހު" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
02 ޖުލައި 2024 10:51
0

މަޝްހޫރި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ސީރީޒް "އެރެއަށް ފަހު" ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 11 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސީީރީޒްގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން މަރިޔަމް ޝިފާ ވެސް ހިމެނެ އެވެ. އަދި މީގެ މުހިންމު ރޯލަކުން ފިލްމް ގެ ޑައިރެކް ޔޫއްޕެ ވެސް ފެނިގެން ދާނެއެވެ.

މީޑިއާނެޓް ގެ އޮރިޖިނަލް ކޮންޓެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ ތުރިލާ ޖޯންރާގެ "އެރެއަށް ފަހު" އަކީ މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

 

ޔޫއްޕެ ޑައިރެކްޓްކުރި ދެ ފިލްމެއް މިދިޔަ އަހަރު އޮލިމްޕަހުގައި އެޅުވި އެވެ. އެއީ ކޮމެޑީ ފިލްމު "ޖޯކަރު" އާއި ބިރުވެރި ފިލްމު "ކަޅަކި" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.