އެމްއޭސީއެލް އަކީ "ޕޭޕަރލެސް" ކުންފުޏަކަށް ހަދަން އަމާޒުހިފާފައިވާކަން ހާމަކޮށްފި

އެމްއޭސީއެލް އަކީ "ޕޭޕަރލެސް" ކުންފުޏަކަށް ހަދަން އަމާޒުހިފާފައިވާކަން ހާމަކޮށްފި

Author
ޙަސަން މުޙައްމަދު
30 ޖޫން 2024 01:34
0

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ "ޕޭޕަރލެސް" ކުންފުޏަކަށް ހަދަން އަމާޒުހިފާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްއޭސީއެލް އިން މިކަން ހާމަކޮށްފައި ވަނީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި "ޕޭޕަރލެސް" ކުންފުންޏަކަށް އެ ކުންފުނި ވާނެ ކަމަށާއި މިއަދުން ފެށިގެން އެމްއޭސީއެލްއަކަށް ޕްރިންޓަރެއް އިތުރަކަށް ނުގަންނާނެ ކަމަށެވެ.

އިބްރާހިމް ޝަރީފު ވިދާޅުވީ މި މަސައްކަތަކީ ކުންފުނީގެ ޚަރަދު ކުޑަކުރުމަށް ހިފާފައިވާ އަމާޒުގެ ދަށުން ނިންމި ނިންމުމެއް ކަމަށާއި ޚަރަދު ކުޑަކުރުމަށް ކުރެވޭ ކޮންމެ ކަމަކީ ކިތަންމެ ކުޑަކަމެއް ނަމަވެސް، ތިބި މުވައްޒަފުންގެ ޖުމްލަ އަދަދަށް ބަލާއިރު ކަރުދާހަށް ބޮޑު ހޭދައެއް ހިނގާ ކަމަށެވެ.

އެމްއޭސީއެލް އަކީ އެހެން ކުންފުނިތަކާއި އަޅާބަލާއިރު މުވައްޒަފުން ގިނަ ކުންފުންޏެއްކަން އިބްރާހިމް ޝަރީފު ފާހަގަކުރެއްވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލް އިން ވަނީ އެ ކުންފުނީގެ ހަރަދު 10 ނުވަތަ 20 އިންސައްތަ ކުޑަކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.