ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއްވަރެއްގައި ދަމަހައްޓަން މޫޑީސްއިން ނިންމައިފި

ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއްވަރެއްގައި ދަމަހައްޓަން މޫޑީސްއިން ނިންމައިފި

Author
ޙަސަން މުޙައްމަދު
27 ޖޫން 2024 04:42
0

ކްރެޑިޓް ރޭޓިން ހަދާ ބައިނަލްއަގުވާމީ އޭޖެންސީއެއްކަމުގައި މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަމަހައްޓައިފިއެވެ.

މޫޑީސްއިން ނިންމާފައިވަނީ ރާއްޖެއަށް އެންމެ ފަހުންވެސް ދީފައިވާ "ސީއޭއޭ-1″ ރޭޓިން ދެމެހެއްޓުމަށެވެ. މި ރޭޓީން ދަމަހައްޓަން ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުނު މޫޑީސްގެ ރިވިއު ކޮމިޓީގެ ބައްދަލުވުމުގައެވެ.

ރާއްޖެއަށް ދީފައިވާ ރޭޓިން އެންމެ ފަހުން މޫޑީސްއިން ބަދަލު ކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އެފަހަރުވަނީ ކްރެޑިޓް ރޭޓިން ބީ-3ގެ ދަރަޖައިން ސީއޭއީ-1 ގެ ދަރަޖައަށް ތިރިކޮށްފައެވެ.

މޫޑީސްއިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ އިގްތިސާދީ ސިޔާސަތަށާއި އަދި އިގްތިސާދީގޮތުން ގެންނަމުންދާ ބަލުތަކަށް ތާއީދު ކޮށްފައި ވެއެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރި މިންވަރާއި އަދި ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ މިންވަރަށްވެސް މި ރިޕޯޓުގައި ރިއާޔަތް ކޮށްފައި ވެއެވެ.

މޫޑީސްގެ ރިޕޯޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިގްތިސާދީގޮތުން އިސްލާހީ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެ ކަމަށާއި، ރާއްޖެއިން ދައްކަންޖެހޭ ބޭރުގެ ލޯނުތައް އޭގެ މުއްދަތުގައި ދައްކާނެކަމުގައެވެ.

އަދި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އިގްތިސާދީގޮތުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ކުރިޔަށް އޮތްތަކުގައި ރާއްޖޭގެ ރޭޓީން މަތިވެގެންދާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.