1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

Author
ހުސައިން
27 ޖޫން 2024 01:57
0

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެއެވެ. މިއަދު ރާއްޖެ ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ތައިލޭންޑުގެ ރައްޔިތެކެވެ.

ތައިލޭންޑުގެ މި ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާކިޔާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުގެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް 2 މިލިއަން ފަތުރިވެރިން ޒިޔާރަތް ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.