ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެތީ ބޮޑު ބަޔަކަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެތީ ބޮޑު ބަޔަކަށް ވައިޓް އެލާޓް

Author
އަހުމަދު
22 ޖޫން 2024 11:12
0

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހެނދުނު 8:15 އިން ފެށިގެން 13:00 އާ ހަމައަށެވެ.

ވައިޓް އެލާޓްގައި ބުނެފައި ވަނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެލާޓްގައި ބުނެފައިވެއެވެ.

ރާއްޖެ އަށް މި ދުވަސްކޮޅު މޫސުން ގޯސްވާން ވަނީ ފަށައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.