ހުޅުމާލޭ ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލޭ ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ގުޅުންހުރި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް، އެ ސަރަހައްދުގައި އަޅާފައި ހުރި ކަނޑު އުޅަދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފި އެވެ.

އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ ހިއްކުމުގެ މަސައްކަތް ކުރުމުގެ ކުރިން އުޅަނދުތައް ނެގުމުގެ ބޭނުމަކީ، ހިއްކުމުގެ ތެރޭގައި އެތަކެއްޗަށް ގެއްލުމެއް ލިބުން އެކަށީގެންވާތީ ކަމަށެވެ. މި އުޅަނދުތައް ނެގުމަށް އެޗްޑީސީއިން ކަނޑައަޅާ ފަހު ތާރީހަކީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

އެޗްޑީސީއިން ބުނީ އުޅަނދުތައް ނަގަން ޖެހޭ ސަރަހައްދު ފާހަގަކުރުމަށް މިހާރު، ރަތްކުލައިން ފާހަގަވާނެ ގޮތަށް ސިލްޓް ސްކްރީނެއް އަޅާފައި ވާނެ ކަމަށެވެ. އެ ފާހަގައިގެ އުތުރުގައިވާ އުޅަނދުތައް އެ ކުންފުނިން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނެގުމަށް އެޗްޑީސީއިން އެދެ އެވެ.

އެ މުއްދަތަކަށް ފަހު އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް ބޭއްވުމަކީ މަނާ ކަމެކެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ގޮތުގައި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ