ފޮނަދޫ ހެލްތު ސެންޓަރ ކައިރީ ހުރި ކުނިގޮނޑުގައި ރޯވެއްޖެ

ފޮނަދޫ ހެލްތު ސެންޓަރ ކައިރީ ހުރި ކުނިގޮނޑުގައި ރޯވެއްޖެ

Author
ހުސައިން
14 ޖޫން 2024 05:24
0

ލ.ފޮނަދޫ ހެލްތު ސެންޓަރ ކައިރީ ހުރި ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ޖޫން 13 ވަނަ ދުވަހުގެ 18:18 ހާއިރު ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެސަރަހަށްދަށް ފަޔަރމަނުން ގޮސް ކުރި މަސައްކަތުން، ރޯވެފައި ހުރި އަލިފާން ނިއްވާލެވިފައި ވަނީ 18:55 ހާއިރުއެވެ. އަލިފާން ނިއްވުމުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގެ ސިފައިން ވެސް ހަރަކާތްތެރިވެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.