ދިވެހި ގިނަ ހައްޖުވެރިން މިނާއަށް ދަތުރު ކޮށްފި، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަގަޅު

ދިވެހި ގިނަ ހައްޖުވެރިން މިނާއަށް ދަތުރު ކޮށްފި، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަގަޅު

Author
ޙަސަން މުޙައްމަދު
14 ޖޫން 2024 09:41
0

މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހުރިހާ ހައްޖުވެރިންވެސް މިއަދު މިނާއަށް ހިގައްޖެއެވެ.

ސޯޝަލް މީޑިއާގައި ޝާއިއުކުރި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ދިވެހި ހައްޖާޖީންގެ ތެރެއިން 577 ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށާއި، ދިވެހި ހައްޖުވެރިން ގޮވައިގެން ދަތުރުކުރާ އެހެން ބަސްތައް މިހާރު މިނާއަށް ދަތުރު ކުރަމުންދާ ކަމުގައެވެ.

އަދި ހުރިހާ ހައްޖުވެރިންވެސް މިއަދު މިނާއަށް ވަދަ ނިމޭނެކަމަށާއި، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަގަޅުކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.

މިނާއަށްފަހު ދެން ހައްޖުވެރިން ދާނީ އަރަފާތަށެވެ. އެއީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެދުވަހުގެ އިރު އޮއްސުމުގެ ކުރިން އަރަފާތަށް ނުދެވޭ މީހަކަށް ހައްޖު ނުލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.