ފަލަސްތީނު ފަންޑަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނު ފަންޑަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި

Author
ހުސައިން
12 ޖޫން 2024 02:50
0

ފަލަސްތީނަށް އެހީވުމަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ އިސްނެންގެވުމަށް ޕީއެސްއެމް އިން "ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ. ޓެލެތޯންއަށް ސްޓެލްކޯއިން ހަދިޔާކުރި ބައި މިލިއަން ރުފިޔާއަކީ، ސްޓެލްކޯގެ މުވައްޒަފުންގެ ކޮންޓްރިބިއުޝަން ހިމެނޭގޮތައް ހަދިޔާކޮށްފައިވާ ފައިސާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖްމެންޓުން މިހާރު ވަނީ 500,000 ރުފިޔާ ޕީއެސްއެމްއާއި ހަވާލުކޮށްފައެވެ. މި އެހީއާއި ޕީއެސްއެމްއިން ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ އެމްޑީ ޒީނާ ޒާހިރު އެވެ.

އަދި މީގެ އިތުރުންވެސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް އެކި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

އެކުންފުނިން އިތުރަށް ބުނީ ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

ޕީއެސްއެމްއިން ކުރިޔަށްގެންދާ ޓެލެތޯންއަށް މިވަގުތާއި ހަމައަށް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ލިބިފައި އެވެ. މި ޓެލެތޯންއަށް ސަރުކާރުގެ އެކު މުވައްސަސާތަކާއި ކުންފުނިތަކުންވެސް އަންނަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.