މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު 8 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު 8 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

Author
ހުސައިން
10 ޖޫން 2024 08:22
0

ވަޅިން ބިރު ދައްކައިގެން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނެގި މީހަކު 8 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ގ. ހިޔަރޯދި މުހައްމަދު ޝަމްއާން ސަލީމްގެ މައްޗަށެވެ. އޭނާ މައްޗަށް ސާބިތުވެފައިވަނީ، 2021 ވަނަ، ކުންފުނި މާރުކުރާ ކުންފުންޏެއްގެ މުވައްޒަފުންތަކަކަށް ބިރުދައްކާ، 9 ލައްކަ ރުފިޔާއާއި 27،000 ޑޮލަރު ފޭރުނު މައްސަލައެވެ.

މުހައްމަދު ޝަމްއާން ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ސީސީޓީވީ ފޫޓޭޖުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމުގައެވެ.

މުހައްމަދު ޝަމްއާންގެ މިމައްސަލާގައި ބަންދުގައި ހުރި މުއްދަތު ހުކުމުން ކެނޑުމުން އޭނާ ޖަލުގައި ހޭދަކުރާން ޖެހޭނީ 5 އަހަރާއި 1 މެހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.