އައްޑޫ ހިތަދޫ އުސްފަސްގަޑުގައި އޮތް ބާ ކާރުތަކެއްގައި ރޯ ވެއްޖެ

އައްޑޫ ހިތަދޫ އުސްފަސްގަޑުގައި އޮތް ބާ ކާރުތަކެއްގައި ރޯ ވެއްޖެ

Author
ހުސައިން
09 ޖޫން 2024 11:49
0
އައްޑޫސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 07:40 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެ ސަރަހައްދަށް ފަޔަރ ފައިޓަރުން ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ މިއަދު 08:00 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.