ފުރަތަމަ 4 މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރު ވެއްޖެ

ފުރަތަމަ 4 މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރު ވެއްޖެ

Author
ހުސެއިން
02 ޖޫން 2024 01:41
0

މިއަހަރުގެ ފުރަތަމަ 4 މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދި އިތުރު ވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓްގައި ވާގޮތުން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރި އެއް ސަބަބެއްގެ ގޮތުގައި ފެންނާން އޮތީ މިދިޔަ އަހަރުގެ ފުރަތަމަ 4 މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު ވަނީ އިތުރުވުމުގެ ސަބަބުންނެވެ.

އެގޮތުން މިއަހަރުގެ މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ޝެޑިއުލްކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކޮށްފައިވަނީ 5982 ދަތުރެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޝެޑިއުލް ފްލައިޓް މޫމަންޓްސް އުޅުނީ 5841 ގައިކަމަށް ރިޕޯޓުން ދައްކައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ބެޑްނައިޓްސް އުޅުނީ 5449 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.