ސަރުކާރު ބަދަލުވިއިރު ޕީއެސްއެމްގައި 261 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެެއް އޮތް

ސަރުކާރު ބަދަލުވިއިރު ޕީއެސްއެމްގައި 261 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެެއް އޮތް

Author
ޙަސަން މުޙައްމަދު
29 މެއި 2024 10:29
0

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެސްއެމްގައި 261 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތްކަމުގައި އެކުންފުނީގެ އެމްޑީ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ޕީއެސްއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ އެކުންފުނީގެ ދަރަނީގެ ތެރެއިން 261 މިލިއަން ރުފިޔާއަކީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހިފަ އޮތް ދަރަނި ކަމުގައެވެ. އޭގެ އިތުރުން އަމިއްލަ ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށްވެސް 26 މިލިއަން ރުފިޔާއިން އެކުންފުނި ދަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ އޭގެ އިތުރުން އެކުންފުނިން ބައިނަލްއަގުވާމީ ބައެއް ފަރާތްތަކަށްވެސް ދައްކަންޖެހިފައިވާ 24 މިލިއަން ރުފިޔާއާއި ލޯނުގެ ގޮތުގައި ނަގާފައިވާ 87 މިލިއަން ރުފިޔާވެސް އެކުންފުނީގެ ދަރަނީގެ ތެރޭގައި ހިމެނޭ ކަމުގައެވެ.

ޒީނާ އިތުރަށް ވިދާޅުވީ ކުންފުނީގެ ދަރަނީގެ ތެރެއިން މިހާތަނަށް ދައްކާ ޚަލާސްކުރެވިފައިވަނީ އެންމެ 9 މިލިއަން ރުފިޔާ ކަމުގައެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވެފައިވަނީ، ޕީއެސްއެމްގެ ޚަރަދު %20 ކުޑަކޮށްފައިވާ ކަމުގައެވެ. އެގޮތުން ޚަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ލައިސަންސްތައް ޕީއެސްއެމްއިން ދޫކޮށްލާފައިވާތީ ޕްރޮޑަކްޝަން ފީތަކާއި ލައިސަންސް ފީގެގޮތުގައި އަރަމުންދިޔަ ޖޫރިމާނާ މިހާރު ހުއްޓިފައިވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭރު މީހުން ނަގައިގެން ކުރަމުންއައި މަސައްކަތް މިހާރު އިންހައުސްކޮށް ކުރުމަށް، ކުންފުނީގެ ދާއިމީ މުވައްޒަފުންގެ ބޭނުންކުރަމުންދާކަމަށާއި، ޚަރަދު ކުޑަކޮށް، ކުންފުނީގެ ދުރުރާސްތާ ޕްލޭނެއް އެކަށައަޅަމުން އަންނަކަމަށްވެސް ޒީނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.