ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ފްރާންސްގެ ސަފީރު އަވަހާރަ ވެއްޖެ

ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ފްރާންސްގެ ސަފީރު އަވަހާރަ ވެއްޖެ

Author
ހުސައިން
26 މެއި 2024 10:26
0

ފަރަންސޭސިވިލާތުން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން-ފްރާންސުއާ ޕެކްޓެޓް މިއަދު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވިއިރު ޑިޕްލޮމެޓުގެ އުމުރަކީ 53 އަހަރެވެ. ސަފީރު ޕެކްޓެޓް އަވަހާރަވީ ކުއްލި އާލާސްކަންފުޅެއްގެ ސަބަބުންކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

1970 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޖީން-ފްރާންސުއާ ޕެކްޓެޓް ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަރަންސޭސިވިލާތުން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން ކުރައްވާފައެވެ.

ކެރިއާ ޑިޕްލޮމެޓެއްގެ ގޮތުގައި ހުންނެވި އޭނާ ވަނީ މީގެ ކުރިން ފްރާންސްގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ކަލްޗާ އެންޑް އެޑިއުކޭޝަންގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މީގެ ކުރިން ޖީން-ފްރާންސުއާ ޕެކްޓެޓް ހުންނެވީ ވޮޝިންޓަންގައި ހުންނަ ފްރާންސް އެމްބަސީގައި (2012-2016) އަދި ބްރަސަލްސްގައި ހުންނަ ފްރާންސް ޕާމަނަންޓް ރެޕްރެޒެންޓޭޝަން ޓު ނޭޓޯގަ އެވެ. އަދި ފްރާންސްގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ސްޕޯކްސްޕާސަންކަން ވެސް ކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.