ބޮލީވުޑްގެ ހުނަރުވެި ދެ ތަރިން ކަމުގައިވާ ސިދާތް މަލޯތްރާ އާއި ކްރިތީ ސެސޮން އަށް ލޯބީގެ ފިލްމްއެއް ހުށައަޅައިފައިވާ ކަމަށް ހަބަރުތަށް ބުނެފިއެވެ.
މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ސިދާތު އާއި ކްރިތީ ފެނިގެންދާނީ މެޑޮކް ފިލްމްސްއިން އުފައްދާ ލޯބީގެ ފިލްމަކުންނެވެ. ނަމަވެސް މި ފިލްމުގެ ނަމާއި މީގެ ޑައިރެކްޓްކުރާނެ މީހަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
މެޑޮކްސްގެ ގިނަ ފިލްމުތަކެއްގައި ކްރިތީ ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެންމެ ފަހުގެ ފިލްމަކީ ޝާހިދު ކަޕޫރް ބަތަލުގެ ރޯލު ކުޅެ، މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ.
މެޑޮކްސްގެ ވަރަށް ބޮޑު ފެވަރިޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކްރިތީގެ މި ފިލްމްވެސް މާ ލަސްތަކެއް ނުވެ ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށް މީޑީއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.
ކްރިތީ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް މިދިޔަ އަހަރު ލިބުނު "މިމީ" އަކީ ވެސް މެޑޮކްގެ ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި "ކްރޫ" އެވެ. އަނެއްކޮޅުން ސިދް ގެ އެންމެ ފަހު ފިލްމް އަކީ "ޔޯދާ"އެވެ.
ކޮމެންޓު ފޮނުވާ