"ޗަންދޫ ޗެމްޕިއަން" ގެ ޓްރެއިލާ ދައްކައިލައިފި

"ޗަންދޫ ޗެމްޕިއަން" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
19 މެއި 2024 08:58
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން ގެ ކުރިއަށް އޮތް ފިލްމް "ޗަންދޫ ޗެމްޕިއަން"  ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމް އަކީ ބެލުންތެރިން ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ފިލްމްއެކެވެ. މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްްމްއެއް ވެސް މެއެވެ. ފިލްމް ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހަށެވެ.

ފިލްމް އެޅުވުމަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރުގައި މި ހާރު ވަނީ ފިލްމް ގެ ޕްރޮމޯޝަން ތަށް ވެސް ފަށައިފައިއެވެ. ޕޯސްޓަރު ތަކުގެ އިތުރުން ޓްރެއިލާ ވެސް ބެލުންތެރިނަށް ވަނީ ދައްކައިލައިފައިއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

"ޗަންދޫ ޗެމްޕިއަން" އަކީ ކާތިކް ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެންނާނެ އެއްޗެކެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 14 ގައި އެވެ. މި ފިލްމަކީ ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެކެވެ.

"ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އަންނަ ކާތިކްގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.