ބ. އަތޮޅުން އައްޑު އަތޮޅާއިހަމައަށް ރީނދޫ ސަމާލު ނެރެފި

ބ. އަތޮޅުން އައްޑު އަތޮޅާއިހަމައަށް ރީނދޫ ސަމާލު ނެރެފި

Author
ޙަސަން މުޙައްމަދު
18 މެއި 2024 10:59
0

ވިއްސާރަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް މެޓް އޮފީހުން ރީނދީ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދީ ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 10:00 އިން މިރޭ  14:00 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި ވަގުތުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ގިނަ ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެހެންނަމަވެސް މިދުވަސްވަރު ބޮޑަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ ދެކުނަށްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.