ރާކީ އެދުމަތި ކޮށްފި

ރާކީ އެދުމަތި ކޮށްފި

Author
ފާތިމަތު ނާވީ
16 މެއި 2024 12:24
0

ބޮލީވުޑްގެ ކުރީގެ "އައިޓަމް ގާލް" ގެ ގޮތުގައި މަޝްހޫރު ރާކީ ސާވަންތް ހޮސްިޕޓަލުގައި އެޑްމިޓް ކޮށް ފަރުވާދޭންފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ހޮސްޕޮޓަލުގައި އެދުމަތި ކޮށްފައިވަނިކޮށް ނަގައިފައިވާ އޭނާގެ ފޮޓޯ ތަކެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިއެވެ. ރާކީ ފާހަގަ ކުރެވެނީ ނުބެހޭ ހުރިހާ ކަމަކާއި ބެހި ބަސްބުނާ މީހެއްގެ ގޮތުގައިއެވެ
ވަރަށް ޑްރާމާ ބޮޑު ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރާކީ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި ގުޅިގެން މީގެ ކުރިން އޭނާ ކައިވެނި ކުރި މީހެއް ކަމަށް ބުނާ ރިތޭޝް ވަނީ އޭނާ މިފަހަރު އެއްވެސް ޑްރާމާއެއް ނުކުޅޭ ކަމަށާއި ހަގީގަތުގައިވެސް ބަލީ ކަމަށް ބުނެ މީޑިއާގައި ވާހަކަ ދައްކައިފައިއެވެ

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ރާކީ އެންމެ ފަހުން ކައިވެނި ކުރީ އާދިލް ހާން ކިޔާ މީހަކާއިއެވެ. އެދެމީހުންގެ ކައިވެނި އަދި ވަރީގެ ވާހަކަ ތަކަކީ މީޑިއާގެ ފަލަ ސުރުހީން ޖާގަ ހޯދި ވާހަކަތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.