ސްލޮވާކިއާގެ ބޮޑުވަޒީރަށް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯ އަވަހާރަކޮށްލަން ދިންހަމަލާގައި އެމަނިކުފާނުގެ ގައިކޮޅަށް ގިނަ ހަމަލާތަކެއް އަމާޒު ވެފައެވެ.
އަދި އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި އާންމުކުރި އަޕްޑޭޓެއްގައި ބުނެފައި ވަނީ މި ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައެވެ.
މަންޒަރު ދުށް މީހުން މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި މިހަމަލާތައް ވަނީ ފިކޯގެ ބަނޑާއި އަތް އަދި ފަޔަށް އަމާޒު ވެފައެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކާއި ހަވާލދީ ބީބީސީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާއަށް ތިން ހަމަލާއެއްގެ އަޑު އިވުނެވެ.
ބޮޑުވަޒީރު ރޮބަޓް ފިކޯއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން މިހާރުވަނީ ބުނެފައެވެ.
ފިކޯ ޒަހަމްވެފައިވަނީ މެދުތެރޭގެ އަވަށެއް ކަމަށްވާ ހޭންޑްލޯވާގައި ބޭއްވި ސަރުކާރުގެ ބައްދަލުވުމަކުން ނުކުމެވަޑައިގަންނަވަނިކޮށްނެވެ.
ތަފްސީލު އަންނަނީ..