ޖީސީއީ އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާދަމާ މެންދުރު އިތުރު ފެރީއެއް ތާވަލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޖީސީއީ އޯލެވެލް އިމްތިހާނު ހެދުމަށް ވިލިނގިލިން މާލެއަށް ދަތުރުކުރާ ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާދަމާ މެންދުރު 13:15 ގައި ވިލިނގިލިން މާލެއަށް އިތުރު ފެރީ ދަތުރެއް ތާވަލް ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ 256 ސެންޓަރެއްގައި އިމްތިހާން ކުރިއަށްދާ އޯލެވެލް އިމްތިހާނުތަކުގައި ޖުމްލަ 7،501 ދަރިވަރުން ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އޭޕްރިލް 25 ވަނަ ދުވަހު ފެށުނު އޯލެވެލް އަދި އެސްއެސްސީ އިމްތިހާންތައް ނިމޭނީ އަންނަ ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޓީސީސީން ބުނެފައިވަނީ މާދަމާގެ އިތުރު ފެރީދަތުރާއި ބެހޭގޮތުން އިތުރު މައުލޫމާތު ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އިން ލިބޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ