މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެ އެވެ. އޭނާ މިމަގާމަށް ހޮވުނީ އެމާގާމަށް ކުރިމަތި ލުމަށް އިއުލާން ކުރި މުއްދަތުގައި އެހެން ފަރާތަކުން މަގާމަށް ކުރިމަތި ލާފައި ނުވާތީއެވެ.
އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހުއެވެ.
މުއާވަނީ 2015 އިން 2016 އަށް އެފްއެމްއޭގެ ވައިސް ޗެއާޕާސަންގެ މަގާމުވެސް އަދާކޮށްފައެވެ.
މަގާމަށް ހޮވުމަށްފަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން މުއާ ބުނެފައިވަނީ ދާއިރާގެ ކަންކަން ރަގަޅު ކުރުމަށް އޭނާ މަސައްކަތް ކުރާނެކަމުގައެވެ.
މުއާވަނީ ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ ގޮތުގައިވެސް މީގެ ކުރިން މަސައްކަތްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ